Saturday, October 19, 2013

ރައިވަރުގެ ދޭހަވާ މާނަ

ވީފަރިތަ އިރުކުޑާ      ( ކުޑައިރު ވީފަރިތަ )
ތީނުފިކަމެއް ގައިންލާ   ( ކަމެއް ގައިން ނުފިލާތީ )
ލީހުން ނުފިކުވަނީ ރާ   ( މީހުން ފިކުރާ ނުވަނީ )
އީމި ކޮންބެއްތޯ އަޖާ   ( މިއީ ކޮން އަޖާބެއްތޯ )
ރީހު ސަހަކިޔަކިޔާ ރޯމި ( ސަހަރޯ ކިޔަކިޔާ މިހުރީ )

ހީވެ މުޅިން ސަހަރޯމި  ( މުޅީން މިސަހަރޯ ހީވެ )                                    

މުޖުތަމަޢުގެ ފަރުދުން ނުރުހޭ ފަދަ ސިފައެއް ކުޑައިރު ފަރިތަކުރުމުން އެމީހަކު ބޮޑުވުމުން އެކަން ބަދަލުކުރަން އުޅުނަސް ބަދަލެއްނުވާނެއެވެ. އެކަމުން ލިބޭނީ ވޭނާއި ހިތާމައެވެ. 

ދޫލިބުނުމުން ތުޅާ      ( ތުޅާދޫ ނުލިބުމުން )
ދޫވާށިތޯ ފަހެ ކިހާ      ( ފަހެ ކިހާ ދޫވާށިތޯ )
ދޫމިލްކު ނުވިއަސް ހިތާ  ( ހިތާދޫ މިލްކުނުވިއަސް )
ދޫނިދޫވެސް ނެތީމާ     ( ދޫނިދޫވެސް ނެތީމާ )
ދޫގޮއިގެޔާ އުޅޭ ހިރުނު   ( ގޮއިދޫގެޔާ ނުރުހިއުޅޭ )
ދޫމަތި މީހުތާހިރުނު     ( ދޫމަތި  ނުތާހިރު މީހު )

ތިމާގެ ދޫ ރައްކާތެރި ނުކުރާ މީހުންނަށް އެއްވެސް ބަޔަކު ޙިމާޔަތެއް ނުދޭނެއެވެ. އަދި އެއްވެސް އެއްޗެއްވެސް ނުލިބޭނެއެވެ. 

No comments:

Post a Comment