ތަޢާރަފް:
އާބާދީގައި 3500
މީހުން އުޅޭ ހއ. އިހަފަރު ފަޅަކީ 2004 ވަނަ އަހަރުގެ ޑިސެންބަރ 26 ވަނަ ދުވަހު
ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ގެއްލުންވެ
ހަލާކުވެފައިވާ ފަޅެކެވެ. މި ފަޅު މަރާމާތު ކުރުމަށް ސަޢުދީ ސަރުކާރުގެ ހިލޭ
އެހީގެ ދަށުން މަސައްކަތް ފަށައިފާވަނީ 2010 ޑިސެނަބަރ 26 ވަނަ ދުވަހުއެވެ. ފަޅު
މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، އެރަށުގެ
ރައްޔިތުން ނިކުމެ، ވަނީ އެމަސައްކަތް ހުއްޓުވާފައެވެ. މިއީ މިނިސްޓްރީ އޮފް
ހައުސިންގެ ފަރާތުން ފާޠިމަތު ސުލްޠާނާ، މިކަން ހިނގައި ދިޔަގޮތް ބެލުމަށްފަހު ލިޔާ
ރިޕޯޓެކެވެ. މި ރިޕޯޓު ބިނާވެފައިވާނީ، ކަން ހިނގައި ދިޔަގޮތް، ކަން ހިނގަން
މެދުވެރިވި ސަބަބު، މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތް އަދި ކުރިޔަށް
އޮތްތާގައި ވިސްނަންވީ ކަންތައްތަކާ ގުޅޭ ގޮތުގެ މައްޗަށެވެ.
ކަން ހިނގައި ދިޔަގޮތް:
ހއ. އިހަފަރުގެ ފަޅު
ފުރަތަމަ ފުންކުރީ 1990 ވަނަ އަހަރުއެވެ. އެފަހަރު ފަޅު ފުންކުރުމްގެ މަސައްކަތް
ކުރިޔަށް ގެންދިޔައީ ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ސީދާ ރައްޔިތުންގެ
ބެލުމުގެ ދަށުންނެވެ. މޫސުމީ ބަދަލުތަކާއި އުދައެރުމާއި ވިދިގެން ފަޅަށް ބޮޑެތި ގެއްލުންތަކެއް
ލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކޮށްދީފައިވަނީ
ސީދާ ސަރުކާރުގެ ބެލުމުގެ ދަށުން 2000 ވަނަ އަހަރުގެ ތެރޭގައެވެ. މި ފަހަރުގެ
މަސައްކަތް ކުރިޔަށް ގެންދިޔައީ މަސައްކަތް ޙަވާލުކޮށްފައިވާ އެމް. ޖީ ސީ. ޓީ ގެ
ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ލަފާ ހޯއްދަވައިގެންނެވެ.
ނަމަވެސް 2004 ވަނަ އަހަރު ހިނގައިދިޔަ ސުނާމީ ކާރިސާއަށްފަހު، ހއ. އިހަފަރު
ފަޅުގެ މަސައްކަތް 2010 ވަނަ އަހަރު ފަށައިފާވާއިރު، އެއްވެސް ކަމެއް ރައްޔިތުންނާ
ޙިއްޞާ ކޮށްފައެއްނެވެއެވެ.
ކަން ހިނގަން މެދުވެރިވި ސަބަބު:
2010 ޑިސެންބަރ 26
ވަނަ ދުވަހު ހއ. އިފަރުގެ ފަޅުގެ މަސައްކަތް ކުރަން ފަށައިފާވާއިރު، ކުރީ އަހަރު
ތަކެކޭ އެއްފަދައިން ފަޅުގެ މަސައްކަތް ކުރިއިރު ރައްޔިތުންގެ ލަފާ ހޯއްދަވާފައިވާ
ފަދައިން، 2010 ވަނަ އަހަރު ރައްޔިތުންގެ ލަފާ
ހޯއަދަވާފައެއްނުވެއެވެ. ނަމެވެސް، ހއ. އިހަފަރުގެ ފަޅު ފުންކުރުމާއި ބެހޭގޮތުން
ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިހަފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު
އަލްފާޟިލް މުޙައްމަދު ޤާޞިމް ނަޝީދު 2009 ޖެނެއަރީ 22 ވަނަ ދުވަހު އެމަނިކުފާނަށް
ތާއިދު ކުރައްވާ އެމަނިކުފާނުގެ ޕާޓީ "ކަޅުކުލަ ޕާޓީ" ގެ މެންބަރުންނާ
ބައްދަލުކުރައްވާފައިވެއެވެ. މިކަމުގައި ރައްޔިތުންނާ، ފަޅު މަރާމާތް ކުރުމުގެ
މަސައްކަތުގައި ޙަވާލުވެފައިވާ އިސްފަރާތަކާއެއްވެސް މަޝްވަރާއެއް ކޮށްފައި ނުވުމުގެ
ސަބަބުން ރައްޔިތުންގެ ޚިޔާލު ތަފާތުވެފައިވެއެވެ.
ޒިންމާއުފުލަންޖެހޭ ފަރާތް:
ހއ. އިހަފަރުގެ ފަޅު
މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ޙަވާލު ކުރެވިފައިވަނީ އުވަދޯނި
ކަންސްޓްރަކްޝަނާއެވެ. މި ކުންފުނިން މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ރަށުގެ
މަދަނީ ޖަމިއްޔާތަކާއި، ރަށުގެ އެއްވެސް ކޮމެޓީއަކާ މަޝްވަރާ ކޮށްފައެއްނުވެއެވެ.
އަދި ރަށުގެ އެހެނިހެން ރައްޔިތުންނާ މަޝްވަރާ ނުވަތަ ރައްޔިތުންގެ ލަފާ
ހޯއްދެވުމަށް އެއްވެސް ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން،
ރައްޔިތުން ފަޅުގެ މަސައްކަތް ހުއްޓުވުމުގެ ސަބަބަކަށްވަނީ، މި މަސައްކަތުގައި ޙަވާލުވެފައިވާ ފަރާތް ނުވަތަ
އެކުންފުނި އެގޮތަށް ކަންތައްތައް ކުރުމުންނެވެ. އެހެންކަމުން މިކަމުގެ ޒިންމާ
އުފުލަންޖެހޭ ފަރާތަކީ މިބޭފުޅުންނެވެ. ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް
ޔާމީން ވަޙީދު، ރަށުގައި ނެރޭ ދުވަހު ނޫހެއް ކަމަށްވާ "ބައްތިރީސް"
ނޫހަށް ދީފައިވާ ބަސްދީ ގަތުމެއްގައި ވިދާޅު ވެފައިވަނީ، އެބޭފުޅުން ރަށު
ކައުންސިލްއާ މަޝްވަރާ ކުރައްވާފައިވީ ނަމަވެސް، މަދަނީ ޖަމީޔާތަކާއި ކޮމެޓިތަކާ
މަޝްވަރާ ކުރެއްވިކަން ކައުންސިލްއަށް އެނގިފައި ނުވާ ކަމުގައެވެ. އަދި
ރައްޔިތުންގެ ފަރާތުން ބަދަނރުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލްގެ ޚިޔާލު
ހޯއްދަވަން ވަޑައިގަނެފައި ނުވާކަމުގައެވެ.
ނިންމުން:
މިފަދަ
ކަންކަމުގައި ރައްޔިތުންނާއި އިސްވެރިނާއި ޖަމިއްޔަތަކާއި ކޮމެޓީތަކުގެ އިތުރުން
މިފަދަ މަސައްކަތް ތަކުގައި ޙަވާލުވާ ފަރާތްތަކާއި އެއްކޮށް މަޝްވަރާކޮށް، ރަނގަޅު
ގޮތް ޚިޔާރު ކުރަންޖެހޭނެއެވެ. މިފަދަ މަސައްކަތްތަކަކީ އެއްމެންގެ އެއްބައިވަންތަކަމާއި ޤައުމުގެ
ދިރުން ކަމުގައި ބަލައިގެން މަސައްކަތްކުރުމީ މުސްތަޤުބަލުގައި ފައިދާ ވާނޭ ގޮތްގޮތެވެ.
އެހެންކަމުން، އެއްބައިވަންތަކަށް ހަރުދަނާކޮށްގެން މަޝްވަރާތައް ކުރުމުގައްޔާއި
ކަންތައްތައް ނިންމުމުގައި އެންމެއް އެއްބަސްވާގޮތަށް ކަންތައްތައް ނިންމުމަކީ
ކުރެވިދާނެ ކަމެކެވެ.
No comments:
Post a Comment