Wednesday, October 23, 2013

ރައިވަރުގެ ޝަރަޙަ

މިވެނިނުއެގޮތެއް ގޭ     ( މިވެނި ގޮތެއް ނުއެގޭ )
ލިވެއަރުން ފީވިއަސްބޭ   ( ބޭރުން އަލިވެ ފީވިޔަސް )
ދިވެހި ވަޑިމިއަކަށް އުޅޭ  ( މިއުޅޭ ދިވެހި ވަޑިއަކަށް )
ރިވެތިކޮށް ނުކޮށޭނެޔޭ   ( ރިވެތިކޮށް ނުކޮށޭނެޔޭ )
އިވެދިޔަދިކަރަކީ ލިކުންވަ ( އިދިކީލިވެދިޔަ ވަކަރަކުން )   - ކަންޒުލް އަދަބު -
ކިވެދާދާލި ގޮތަކުންވަ   ( ދާލި ވަކިވެދާ ގޮތަކުން )    - ރައިވަރު ނަންބަރ 7 –

ކަމުގެ ހަޤީޤަތް ނޭނގޭ އާދައިގެ ވަޑިއަކަށް އެމީހެއްގެ ބޭރުފުށުން މަސައްކަތުގެ ކަންތައްތައް ދެއްކިޔަސް ކީލި  ނެގިފައިވާ ވަކަރަކުން ދާލިވަކިވެދާ ހިނދު އެ ރިވެތިކޮށެއް ނުކޮށޭނެއެވެ. ތިމާ ކުރާ ކޮންމެ ކަމެއްގައި
މަސައްކަތުގެ ވައްޓަފާޅި ދަސްވެގެންނޫނީ އެކަމެއް އެންމެ ފުރިހަމަ ގޮތުގައެއް ނުކުރެވޭނެއެވެ. އެހެންކަމުން ކުރާ ކޮންމެ ކަމެއް އޭގެ ޒާތުގައި ފުރިހަމަ ކުރުމަށްޓަކައި އެކަމުގެ ހަޤީޤަތް ދަސްކުރަންޖެހެއެވެ. މި ރައިވަރުގައި ބަޔާން ކޮށްފައިވާ " ބޭރުން އަލިވެ ފީވިޔަސް " ގެ މާނައަށް ބަލާއިރު، އޭގައި އެބުނަނީ ކަމެއްގެ ހަޤީޤަތް ތިމާގެ ބޭރުފުށުން ދެއްކިޔަސް އެއީ އެކަމުގެ ހަޤީޤީ ވައްޓަފާޅި ދަސްވެފައިވާ މީހެކޭނުބުނެވޭނެއެވެ. މި ރައިވަރުގައި ޝާއިރު ހާމަކޮށްދޭން ބޭނުއްވާ ހަޤީޤތަކީ އެކަމެއްގެ އަސްލު ނޭނގޭ މީހަކަށް އެކަމެއް ތިމާގެ ބޭރުފުށުން ދެއްކިކަމުގައި ވިޔަސް އެކަމެއް ރިވެތި ކޮށެއް ކުރާކަން ނޭނގޭނެއެވެ. މިސާލަކަށް ބޭހުގެ ހަޤީޤަތް ނޭނގޭ މީހަކަށް އެކަމުގެ ކަންތައްތައް ތިމާގެ ބޭރުފުށުން ދެއްކިޔަސް، ބޭސް އެޅުމުގައްޔާއި ބޭސް ހެދުގައި ސާފުކޮށް މަސައްކަތެއް ނުކުރެވޭނެއެވެ.
 

No comments:

Post a Comment